މޫސުން ގޯސް، ކަނޑުދަތުރު ކުރާއިރު ސަމާލުވޭ!

އާދިއްތަ ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ. މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު...

13 Aug 2021 | 06:51

އާދިއްތަ ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ މިއަދާއި މާދަމާ އަދި އަނެއް ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށެވެ. އަދި ބައެއް ރަށަރަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުންޏެވެ.

މި އެލަޓާއި ގުޅިގެން އެމްއެންޑިއެފް ކޯސްޓްގާޑުން ވަނީ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށް އެދިފަ އެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް އިލްތިމާސް ކުރެ އެވެ.

އެމްއެންޑީއެފުން ބުނީ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް ހުރިތޯ ބަލައި ކުދި އަދި ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑާއި ވިއްސާރައިރު ދަތުރު ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ.

ކަނޑުމަތީގައި އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ ލަސްނުކޮށް ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރު، 191 އަށް ގުޅައި ރިޕޯޓުކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެ އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިޔައީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހެމުންނެވެ.

މެޓް އޮފީހުންވެސް ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް