ހިޔާ ޔޫނިއަން އިން ސުލްހަވެރި އިޖުތިޖާޖެއް މިއަދު ހަވީރު ބާއްވަން ނިންމައިފި

ހިޔާ ޔޫނިއަން އިން ސުލްހަވެރި އިޖުތިޖާޖެއް މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ. އެ ޔޫނިއަން އިން ދުވަސްއެމްވީއަށް މަޢުލޫމާތު ދެއްވި ގޮތުގައި މި އިހުތިޖާޖު އޮންނާނީ މިއަދު ހަވީރު ހުޅުމާލޭ ފޭސް 2 ގެ ...

13 Aug 2021 | 06:23

ހިޔާ ޔޫނިއަން އިން ސުލްހަވެރި އިޖުތިޖާޖެއް މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.

އެ ޔޫނިއަން އިން ދުވަސްއެމްވީއަށް މަޢުލޫމާތު ދެއްވި ގޮތުގައި މި އިހުތިޖާޖު އޮންނާނީ މިއަދު ހަވީރު ހުޅުމާލޭ ފޭސް 2 ގެ (H08 އާއި H12) އާއި ދެމެދު ކަމަށެވެ.

"ފުރަތަމަ ނުކުތުން " މި ނަމުގައި ބާއްވާ ި އިހުތިޖާޖު ކުރިއަށްދާނީ މިއަދު ހަވީރު 16:05 އިން 16:40 އަށް ކަމަށް ވެސް އެ ޔޫނިއަން އިން ބުނެ އެވެ.

ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ހައްގުގައި ވަކާލާތުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ކަމާއިގުޅުން ހުރި މުވައްސަސާތަކަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ "ހިޔާ ޔޫނިއަން" އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

އެގޮތުން ހިޔާ ފްލެޓްތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށް، އިންޓީރިއާ ފިނިޝިންގއަށް ހޭދަވާ މުއްދަތު 12 މަހަށް އިތުރުކޮށްދިނުމަށް ވަނީ ކަމާއިގުޅުންހުރި މުވައްސަސާތަކަށް ދަންނަވާފަ އެވެ. އަދި ޖުމްލަ އަގުން އިންޓީރިއާއަށް ހޭދަވާ 100،000 ރުފިޔާ މަޢާފް ކޮށްދިނުމަށް ވެސް ވަނީ ދަންނަވާފަ އެވެ.

އެ ޔޫނިއަންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލެޓުތަކުގެ ކުލީގެ މައްސަލަ އާއި ފިނިޝިންގއަށް ދީފައިވާ މުއްދަތުގެ މައްސަލަ ކަމަށްވާ އިރު، އެ މައްސަލަތައް ފާހަގަކޮށް 2،177 މީހުންގެ ސޮޔާއި އެކު އެކި އިދާރާތަކަށް މިހާރުވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.

އެކަމަކު އެ މައްސަލަތަކަށް މިހައިތަނަށް އެދެވޭ ހައްލު ނުލިބޭ ކަމަށް އެ ޔޫނިއަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ފްލެޓްތަކަށް ބޭނުންވާ ތަކެތީގެ ކެޓްލޮގެއް ވެސް ވަނީ އެ ޔޫނިަނުން ލޯންޗްކޮށްފަ އެވެ.

ހިޔާ ޔޫނިއަން އިން ވަނީ ފްލެޓު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް އޮފީސް، ހައުސިންގ މިނިސްޓްރީ، އެޗްޑީސީ އަދި ބީއެމްއެލް އާ ވެސް ހިއްސާ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް