ބުރުގާ އެޅުމަށް ފަހު ފިލްމު ކުޅުން ހުއްޓާލި ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ހާން އާއި ފިރިމީހާ އަނަސް ސައްޔިދު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާތާ ހަތަރު ދުވަސް ވެއްޖެ އެވެ.
ދެމަފިރިން ޗުއްޓީ ހޭދަ ކުރަމުން ދަނީ ފިނޮޅު ރިސޯޓުގައި އެވެ. ދެމަފިރިން ޗުއްޓީއަށް ރާއްޖެ އައިކަން ހާމަކުރީ ސަނާ ރަސްމީ އިންސްޓަގްރާމްގައި އާންމު ކުރި ވީޑިއޯއަކާއި އެކު އެވެ. އެ ވީޑިއޯގައި ފެންނަނީ ރާއްޖެ އައިސް ދެމީހުން ރިސޯޓަށް ދިއުމުގެ ކުރިން ދެމަފިރިން އެއާޕޯޓުގައި ނަމާދު ކުރި މަންޒަރާއި އެނޫންވެސް ރާއްޖޭގައި އައުމުން ކުރެވުނު އުފާވެރި އިހުސާސްތަކުގެ މަންޒަރުތަކާއި ވާހަކަތަކެވެ.
އޭގެ ފަހުން ސަނާ ދަނީ މިދިޔަ ތިން ދުވަހު ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދާ ގޮތުގެ ރީތި ފޮޓޯތަކާއި މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމު ކުރަމުންނެވެ. އެގޮތުން ފްލޯޓިން ބްރެކްފަސްޓާއި އަނަސް އޭނާއަށް އުނދޯލި ހެއްލައިދޭ މަންޒަރާއި ކޮޓަރީގެ ސުވިމިން ޕޫލް ކައިރީގައި ސަނާ ނަމާދު ކުރާ ހިތްގައިމު މަންޒަރު ދައްކާލަާފައިވެ އެވެ.
https://www.instagram.com/p/CSexoqRDNfB/
https://www.instagram.com/p/CSYVaAuAIpj/
އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވުނީ ސަނާ ރިސޯޓުގެ ގޮނޑުދޮށުގައި އިށީނދެގެން ނަގާފައި ހުރި ފޮޓޯތަކަކާއި އެކު އޭނާ ލިޔެފައިވާ ކެޕްޝަނެކެވެ. ސަނާ ބުނެފައިވަނީ ގޮނޑުދޮށުގައި އަރާމުުކޮށްލަން އިންވާހަކަ އެވެ.
ދެން ހިނިގަނޑެއް ޖަހާލާ އިމޯޖޯތަކެއް ލުމަށް ފަހު ބުނެފައިވަނީ ފިރިމީހާ އަނަސް އެހުރީ އޭނާގެ ރީތި ފޮޓޯ ނަގައިދޭން އުޅެން ޖެހުނު ގޮތުން ދަހިއްލާ ފޯވެފައި ކަމަށެވެ. މިދުވަސްވަރު އާންމުކޮށް ރާއްޖޭގެ މޫސުން ގޯސް ނަމަވެސް ސަނާ އެ ފޮޓޯތައް ނަގާފައިވާ ދުވަހު ރިސޯޓުގެ މޫސުން ރަނގަޅުވެފައި ވަރަށް އަވިގަދަ އެވެ.
https://www.instagram.com/p/CSWc8ETlMA1/
ސަނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 2008 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ހައްލާ ބޯލް"، 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޖޭ ހޯ" އަދި 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ވަޖާ ތުމް ހޯ" ހިމެނެ އެވެ. ރިއަލީޓީ ޝޯތަކުގެ ތެރެއިން ކަލާޒްގެ "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ސަނާ ވާދަކޮށްފައިވެ އެވެ.
ސަނާ އާއި އަނަސް ކައިވެނިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ގަ އެވެ. ކައިވެނި ކުރަން ވެގެން ފިލްމު ކުޅުން ހުއްޓާލައި އޭނާ ބުރުގާ އެޅި މިދިޔަ އަހަރުގެ މެދުތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް