ކޯވިޑް-19 ފެތުރޭތީ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ އެންމެ ނުވަ ރަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ ރ. ދުވާފަރު، ކ. ކާށިދޫ، މ. ކޮޅުފުށި، ދ. ކުޑަހުވަދޫ، ހއ. ތަކަންދޫ، ށ. ފީވަށް، ލ. ފޮނަދޫ އަދި އއ. ހިމަންދޫ އާއި ތ. ހިރިލަންދޫ އެވެ.
މީގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މެއި މަހުގެ25 ވަނަ ދުވަހު އެވެ.
އިއްޔެ ވަނީ މޮނިޓަރިންގެ މީގެ ކުރިން އޮތް ރަށްތަކުގެ ތެރެއިން ށ. ފޯކައިދޫ އާއި ގއ. ނަޑެއްލާގެ މޮނިޓަރިންގެ ހާލަތު އުވާލާފަ އެވެ.
އެޗްޕީއޭއިން ގައިޑްލައިންތަކަށް ގެނެސްފައިވާ ބަދަލާއި އެކު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކުގެ ތެރެއިން 60 ޕަސެންޓު ވެކްސިން ނުޖަހާ އާބާދީތަކުގައި ދިރިއުޅޭ މީހުން ރަށުން ފައިބާއިރު ކޯވިޑް-19 ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާއެއް އޮންނަން ޖެހެ އެވެ. މިހާރު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގެ ތެރެއިން އެ އަދަދަށް މީހުންނަށް ވެކްސިން ނުޖެހެނީ ދުވާފަރުގައި އެކަންޏެވެ.
މީގެ އިތުރުން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި ކޯވިޑް ޖެހުނުތާ 60 ދުވަސް ނުވާ މީހުން މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށަށް ދަތުރު ކުރާ ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް