ދިވެހި ޕްރެމިއަރ ލީގުގެ ލޯގޯ ފަރުމާ ކުރުމަށް ހުޅުވާލައިފި، އިނާމަކީ އެއްލައްކަ ރުފިޔާ

ދިވެހި ޕްރިމިއަރ ލީގުގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ދިވެހި ފުޓްބޯޅައިގެ މައި އިދާރާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ. އެފްއޭއެމް އިން ބުނީ ލޯގޯ ފަރު...

13 Aug 2021 | 04:38

ދިވެހި ޕްރިމިއަރ ލީގުގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ދިވެހި ފުޓްބޯޅައިގެ މައި އިދާރާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ.

އެފްއޭއެމް އިން ބުނީ ލޯގޯ ފަރުމާކުރުމަށް ފަހު، އަންނަ މަހުގެ ދިހަ ވަނަ ދުވަހު ކުރިން ހުށައަޅަން ޖެހޭނެ ކަަމަށާއި މި ފުރުސަތު ޢާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ހުށައަޅާ ލޯގޯ އަކީ ދިވެހި ރާއްޖޭގެ ސަގާފަތާ އާދަކާދަ އަދި ދިވެހި ފުޓުބޯޅަ އާއި ގުޅުން ހުންނަ ލޯގޯއަކަށް ވާން ޖެހޭނެ ކަމަށާއި އެންމެ ރަނގަޅު ލޯގޯ ހުށަހަޅާ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެފްއޭއެމް އިން ބުނެއެވެ.

އެފްއޭއެމް އިން ބުނީ އެ އިދާރާއިން ކަޑައަޅާފައިވާ މިންގަނޑަށް ލޯގޯ ފައްތަން ޖެހޭނެ ކަމަށާއި އެއްވަނައަށް ހޮވޭ ފަރާތާއެކު އެފްއޭއެމްއިން އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކޮށް ލޯގޯގެ ކޮޕީރައިޓްސް އެފްއޭއެމްއިން ނަގާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ ލީގު މާކެޓުކޮށް ފޯރިގަދަ ކުރުމަށް އެފްއޭއެމްއިން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ.

އެގޮތުން ދިވެހި ލީގު ބްރޭންޑްކޮށް ޒަމާނީ ގޮތެއްގައި އިޝްތިހާރު ކުރުމަށް އެފްއޭއެމްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް