ބޭސްފަރުވާ ކުރުމަށް އިންޑިއާއަށްދިޔަ އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ގެއްލިއް ޖެ އެވެ.
މިއަދު ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނީ ތ. ތިމަރަފުށީ އުމުރުން 83 އަހަރުގެ މޫސާ ހަސަން އެވެ.
ބައެއް މީޑީއާތަކަށް މައުލޫމާތުދެމުން މޫސާ ހަސަންގެ އާއިލާއިން ބުނީ އޭނާ ގެއްލުނީ ޓްރިވެންޑްރަމްގެ ކުމާރަޕޫރަމްގެ އަވަށުން ކަމަށެވެ. އިންޑިއާއަށް ދިޔައީ މީގެ ހަފްތާއެއް ކުރިން ބޭސްފަރުވާއަށް ކަމަށެވެ. އަދި މޫސައާއިއެކު އިންޑިއާއަށް ދިޔައީ އޭނާގެ އަންހެނުންނާއި އަންހެން ދަރި ކަމަށެވެ.
އާއިލާއިން ބުނެފައިވަނީ މިއަދު ހެނދުނު، އަންހެނުންނާއި އަންހެން ދަރިފުޅު ނަމާދު ކުރަން ތިއްބާ ހިނގަން ކަމަށްބުނެ މޫސަ ނިކުމެގެން ދިޔަ ކަމަށާއި އޭގެ ފަހުން ހަބަރެއް ނުވާ ކަމަށެވެ. އެވަގުތު ބޭރަށް ދިޔައީ ފޯނާއި ފައިސާވެސް ބަހައްޓާފައި ކަމަށްވެސް އާއިލާއިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް