108 ފުޅި ބަނގުރަލާއެކު މާލެއިން ދެމީހަކު އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ހިންގި ޚާޢްޞަ އޮޕަރޭޝަނެއްގައި މިތަކެތި އަތުލައިގެންފައިވަނީ މިތަކެތި މާލެ ގެނެސް ޕިކަޕަކަށް އަރުވައިގެން މާވެޔޮ މަގުން ދަތުރު ކޮށްފައި ދަނިކޮށް ހަވީރު 17:15 ހާއިރު ކަމަށެވެ.
"މިއަދުގެ އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ 108 ފުޅި ބަނގުރާ، މި ބަނގުރާ ފުޅިތައް އަތުލައިގަތް އިރު ރާފުޅިތައް ހުރީ ފޮށިގަނޑު ތަކުގައާއި ކޫލަރެއްގައި ބަންދު ކޮށްފައި، މިއަދު އަތުލައިގަތް ރާފުޅި ތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް ކިންގް ރޮބަޓް ބްރޭންޑުގެ ރާފުޅި" ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ޢުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މީގެ ތެރެއިން 18 އަހަރުގެ ފިރިހެން މީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް