އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ރައީސް މުޙައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވަވައިފިއެވެ.
ރައީސް ނަޝީދުގެ އޮފީހުން ވިދާޅުވީ ޑޭވިޑް ކެމަރަންގެ ސިޓީފުޅުގައި ނިމިގެންދިޔަ އިންތިޚާބުގައި އެމަނިކުފާނަށާއި އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ކޮންޒަރވެޓިވް ޕާޓީއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބާއެކު ޒިންމާދާރު ކަމާއެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސިޔާސަތުތަކާ މެނިފެސްޓޯ ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައި ވާކަމަށެވެ.
އެ ސިޓީފުޅުގައި ރައީސް ނަޝީދުގެ ތާޢީދާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވަމުން މުސްތަޤްބަލުގައިވެސް ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކުރައްވައި އެކުގައި މަސައްކަތް ކުރައްވާނެކަމުގައި ބޮޑުވަޒީރު ކެމެރަންގެ ވިދާޅުވެފައިވާކަމަށްވެސް ރައީސް ނަޝީދުގެ އޮފީހުން ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް