ލ.މާބައިދުއަށް އުދަ އަރަން ފަށައިފި

ލ.މާބައިދުއަށް އުދައަރަން ފަށައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން މާބައިދޫ ކައުންސިލް މެމްބަރު ހަސަން އާދިލް ވިދާޅުވީ އެރަށު އިރުމަތީ ފަރާތު މީހުން ދިރިއުޅޭ ގެތަކާއި ހަމައަށް އުދަ އަރާފައި ވާކަމ...

13 Aug 2015 | 10:19

ލ.މާބައިދުއަށް އުދައަރަން ފަށައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން މާބައިދޫ ކައުންސިލް މެމްބަރު ހަސަން އާދިލް ވިދާޅުވީ އެރަށު އިރުމަތީ ފަރާތު މީހުން ދިރިއުޅޭ ގެތަކާއި ހަމައަށް އުދަ އަރާފައި ވާކަމަށެވެ.

"މެންދުރު 12:00 ހާއިރު އުދަ އަރަންފެށީ، ސިފައިންގެ އެހީތެރިކަމަށް އެދުމުން މިއަތޮޅު ކައްދޫގައި ތިބި ސިފައިންގެ ބަޔަކު މިހާރު ރަށަށް އައިސް ހަރަކާތްތެރިވާން ފަށައިފި" އާދިލް ވިދާޅުވި އެވެ.

މާބައިދުއަށް އުދައަރަމުން އަންނައިރު މާލެއަށް ރެއާއި މިއަދު ވަނީ އުދަ އަރާފަ އެވެ.

މިކަމާ ބެހޭގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން މިއަދު ނެރުނު އިރުސާދެއްގައި ބުނެފައިވަނީ މިހާރު ރާއްޖޭގެ ސަރަހައްދުތަކުގައި ބާނި ހުރީ އާންމުކޮށް ބާނި ހުންނަ ވަރަށްވުރެ އުސްކޮށް ކަމަށާއި އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ކަމަށެވެ.

“މާލެއަށް ދިޔަވަރު އެންމެ ބޮޑުވާނީ މިއަދު މެންދުރު 12:49 އިން މިރޭ 00:43 އަށް،އައްޑުއަށް މިއަދު މެންދުރު 13:26 އިން މިރޭ 1:24 އަށް، މިއަދުވެސް އަދި މިރޭވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުނ އެކަށީގެންވޭ، މިގޮތަށް އުދަ އެރުމަކީ ހުޅަނގު މޫސުމުގައި އާއްމުކޮށް މިދުވަސްވަރު ކުރިމަތިވާ ހާދިސާއެއް، މިއީ ސުނާމީ ނުވަތަ ތޫފާނަކާއި ގުޅުން ހުރި ކަމެއް ނޫން” ޑިޒާސްޓާގެ އިރުސާދުގައި ބުނެފައި ވެ އެވެ.

އެ އިރުސާދުގައި ބުނެފައިވަނީ އުދައިގެ އަސަރު މުޅި ރާއްޖެއަށް، ހާއްސަކޮށް ހައްދުންމަތިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް