އުދައިގެ އަސަރު ނުވަތަ ލޮނުގަނޑު ރަށުތެރެއަށްވަދެ ގެދޮރަށް ވަންނަ ކަމުގައި ވާނަމަ ގެއަށް ލޮނުގަނޑު ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ފަދަ އެއްޗެހި ބޭނުން ކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުން އިލްތިމާސް ކޮށްފި އެވެ.
ޑިސާސްޓާއިން މިކަމަށް އިލްތިމާސް ކުރީ މިހާރު އަރަމުންދާ އުދައާއި ބެހޭގޮތުން ނެރުނު ރައްކާތެރިކަމުގެ އިރުސާދެއްގަ އެވެ.
އެ އިރުސާދުގައި ބުނެފައިވަނީ މިހާރު ރާއްޖޭގެ ސަރަހައްދުތަކުގައި ބާނި ހުރީ އާންމުކޮށް ބާނި ހުންނަ ވަރަށްވުރެ އުސްކޮށް ކަމަށާއި އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ކަމަށެވެ.
"މާލެއަށް ދިޔަވަރު އެންމެ ބޮޑުވާނީ މިއަދު މެންދުރު 12:49 އިން މިރޭ 00:43 އަށް،އައްޑުއަށް މިއަދު މެންދުރު 13:26 އިން މިރޭ 1:24 އަށް، މިއަދުވެސް އަދި މިރޭވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުނ އެކަށީގެންވޭ، މިގޮތަށް އުދަ އެރުމަކީ ހުޅަނގު މޫސުމުގައި އާއްމުކޮށް މިދުވަސްވަރު ކުރިމަތިވާ ހާދިސާއެއް، މިއީ ސުނާމީ ނުވަތަ ތޫފާނަކާއި ގުޅުން ހުރި ކަމެއް ނޫން" ޑިޒާސްޓާގެ އިރުސާދުގައި ބުނެފައި ވެ އެވެ.
އެ އިރުސާދުގައި ބުނެފައިވަނީ އުދައިގެ އަސަރު މުޅި ރާއްޖެއަށް، ހާއްސަކޮށް ހައްދުންމަތިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އުދައަރާއިރު ގެއަށް ލޮނުގަނޑުވަންނަ ނަމަ ހިފައި ގެންގުޅޭ ތަކެއްޗާއި އަދި އިލެކްޓްރޯނިކް ސާމާނު ލޮނުގެ އަސަރު ނުކުރާ ތަނަކަށް ބަދަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް