ބިންމާ ސްޓޯރުން ވައްކަންކުރި 14 އަހަރުގެ ކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

ބިންމާ ސްޓޯރުގެ ދޮރަށް ގެއްލުންދީ އެ ފިހާރަތެރެއަށް ވަދެ ވައްކަންކުރި އުމުރުން 14 އަހަރުގެ ކުއްޖަކާއި އިތުރު މީހަކު އަތުލައިގަނެ ވަގަށް ނަގާފައިވާ ފައިސާތައް ހޯދައިފިއެވެ. ފުލުހުން ބުނީ މި މައްސަލައާއ...

13 Aug 2015 | 06:42

ބިންމާ ސްޓޯރުގެ ދޮރަށް ގެއްލުންދީ އެ ފިހާރަތެރެއަށް ވަދެ ވައްކަންކުރި އުމުރުން 14 އަހަރުގެ ކުއްޖަކާއި އިތުރު މީހަކު އަތުލައިގަނެ ވަގަށް ނަގާފައިވާ ފައިސާތައް ހޯދައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކާއި 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބިންމާ ސްޓޯރު ހިމެނޭ ސަރަޙައްދުން ރޭ ދަންވަރު 03:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ބިންމާ ސްޓޯރުގެ ދޮރު މަތާލާ ފިހާރަ ތެރެއަށް ވަދެ 5300 ދިވެހި ރުފިޔާއާއި ދިރާގް 50 ގެ 14 ރިޗާރޖް ވައުޗަރާއި ދިރާގް 100 ގެ 10 ރިޗާރޖް ވައުޗާރާއި އުރީދޫ 50 ގެ 19 ރިޗާރޖް ވައުޗަރާއި އުރީދޫ 100 ގެ 12 ވައުޗަރު ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ވަނީ ހުށަހަޅާފައި ވާކަމަށާއި  މީގެ އިތުރުން އެ ފިހާރައިން ބޮޑީ ސްޕްރޭ ފުޅިތަކެއްވެސް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ބިންމާ ސްޓޯރުން ވަގަށް ނަގާފައިވާ 5300 ރުފިޔާ ފެނިފައި ވަނީ އެ ދެ މީހުން ފުލުހުންގެ ބެލުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެ ދެ މީހުންގެ އަތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް