ކަފިހިހުރަހުން ހުރަސްކުރި މީހެއްގެ ގައިގާ ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ސައިކަލުގައި އިން 17 އަހަރުގެ ކުއްޖާ މަރު !

މާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް، ކަފިހި ހުރަ...

13 Jul 2025 | 17:14

މާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް، ކަފިހި ހުރަސްއަކުން މަގު ހުރަސްކުރި މީހެއްގެ ގައިގާ ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓްވި ކަމަށެވެ.

"މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 16 އަހަރުގެ ކުއްޖަކަށާއި 40 އަހަރުގެ މީހަކަށް، 16 އަހަރުގެ ކުއްޖާއާއި ނިޔާވި 17 އަހަރުގެ ކުއްޖާއަކީ ސައިކަލުގައި ތިބި ދެމީހުން" ފުލުހުން ބުނެފައިވެއެވެ.

16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް