ގދ. ގައްދޫއިން އެ އަތޮޅު ގަމަށް ދިޔަފަހުން ކަނޑުމައްޗަށް ގެއްލުނު ކަމަށް ބެލެވޭ ޒަކަރިއްޔާ މުޙައްމަދު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ ކުޑަ ޑިންގީއެއްގައި ގައްދޫއިން ގަމަށް ދަތުކުރި ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު، އެ ރަށް ކައިރީގައި އޮންނަ ގަމު ކައިރިން ހެނދުނު 11:43 ހާއިރު ފެނިފައިވާ ކަމަށެވެ.
"ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޓީމުން އޭނާގެ ހަށިގަނޑު ނަގައިގެން ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން" ގައްދޫ ކައުންސިލުން ދެންމެ ބުނެފައި ވެއެވެ.
ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި ޒަކަރިއްޔާ މުހައްމަދު 79 އ ގެއްލިފައި ވަނީ ޖުލައި 10 ވަނަ ދުވަހުއެވެ. ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު، ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއްކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.
ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން އޭނާ ދަތުރުކުރި ޑިންގީ މި މަހުގެ 13 ވަނަ ދުވަހު ވަނީ ހޯދާފައެވެ. އެ ޑައިވް ކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް