ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ފުލެޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ޗައިނާ ފްލެޓްގެ އެޕާޓްމެންޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެެއް ވެއްޖެއެވެ. އެމްއެންޑީއެފް އިން ދެންމެ ބުނީ ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަން...

13 Jul 2025 | 06:52

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ޗައިނާ ފްލެޓްގެ އެޕާޓްމެންޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެެއް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ދެންމެ ބުނީ ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

އަދި އެ އެޕާޓްމަންޓްގައި 11 ބިދޭސީން ދިރިއުޅެމުން އަންނަ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައިވާ ކަމަށާއި ނަމަވެސް މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެމްއެންޑީއެފް އިން އާއްމުކޮށްފައިވާ ފޮޓޯތަކުން އަލިފާން ރޯވި ކޮޓަރީގައި ހުރި ބަންކް ބެޑުގެ ދެ ގޮދަޑި ވަނީ އަނދާ އަޅިއަށްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް