ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން މުދަލު ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް މިއަދު ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.
ފަތުވާ މަޖިލީހުން މިއަދު އާއްމު ކުރި ފަތުވާގައި ބުނީ، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތުގެ އަލީގައި، މައްސަލަ ދިރާސާކުރުމަށް ފަހު، އާންމުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ހައްޖު ކޯޕަރޭޝަނުން ކަމަށ އެ ފަތުވާގައި ވަނީ ބުނެފައެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ 69،965 ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް