އއ. މާޅޮހުގައި ރޭ ދަންވަރު ހަަމަލާދީ ޒަހަމްކޮށްލި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ އެވެ.
މަރާލާފައި ވަނީ އެ ރަށު އޯކިޑްމާގެ އަބްދުއް ރަހުމާން 65އ. އެވެ.
ފުލުހުން މިއަދު ބުނީ މާޅޮހު ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި ޒަހަމްތަކެެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ރޭ ދަންވަރު 1:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައި" ފުލުހުން ބުނެފައި ވެއެވެ.
އެ މީހާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް މާލެއިން ތަހުގީގު ޓީމެއް މިހާރު ވަނީ މާޅޮހަށް ފުރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް