ގިނަ ސެލެބްރިޓީން ތަކެއް ހިމެނޭ، އަންބާނީ ދަރިފުޅުގެ ބޮޑު ކައިވެނީގެ ހަފްލާގައި ރައީސް ނަޝީދު ބައިވެވަޑައިގެންފިއެވެ.
ރޭ އަނަންތު އަންބާނީގެ ކައިވެނީގެ ހަފްލާގެ ބައެއް ވަނީ ބާއްވާފައެވެ. މި ކައިވެންޏާއި ގުޅޭ އެކި އެކި ހަފްލާތައް މިއަހަރުގެ ކުރީކޮޅުން ފެށިގެން ދިޔައީ ބާއްވަމުންނެވެ.
ރޭ ބޭއްވި އާނަންތު (29އ) އާއި ރާދިކާ މާޗްންޓް(29އ) ގެ ކައިވެނި ހަފްލާގައި ދުނިޔޭގެ އެކި އެކި ގައުމުތަކުގެ ސިޔާސީ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެ ހަފްލާގައި ބައިވެވަޑައިގެންފައެވެ.
ސިޔާސީ އިސްވެރިންގެ އިތުރުން ބޮލީވުޑުގެ ހުރިހާ ފަންނާނުންވެސް ވަނީ އެ ކައިވެނި ހަފްލާގައި ބައިވެފައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން މި ބޮޑު ކައިވެނި ހަފްލާއަށް320 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ވަނީ ހޭދަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް