މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް, ތަހުގީގު ނިމެންދެން ބަންދުކޮށްފި

މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށް މާރާމާރީ ހިންގި މައްސަލަ...

13 Jul 2024 | 16:44

މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ, ބ.ތުޅާދުއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު މަރުހަލާ ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތް ކަމަށް ދެކޭ ސަބަބުގެ ގޮތުގައި އަމުރުގައި ބުނެފައިވަނީ

''...މިއީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުރިއާލައި ރާވައި ތައްޔާރުވެގެން ޖަމާއަތް ހަދައިގެން މީހަކަށް ހަމަލާ ދިން މައްސަލައެއް ކަމުގައިވެފައި މީނާއަކީ މިކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތެއްކަން ފާހަގަކުރެވޭ.'' އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތް ކަމަށް ދެކޭ ސަބަބުގެ ގޮތުގައި އަމުރުގައި ބުނެފައިވެއެވެ.

އަމުރުގައި ބުނެފައިވާ ގޮތުން ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ.

އޭގެތެރޭގައި ފުލުހުންގެ ހާދިސާ ރިޕޯޓާއި, ސީސީޓީވީ ފުޓޭޖު ސްނެޕްޝޮޓާއި, އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް