ފާރު ރޭނީ ރަޖިސްޓްރީ މައްސަލައަކާ ހުރެ: ސިޓީ ކައުންސިލް

މި މަހު 11 ވަނަ ދުވަހު ފާރެއް ރޭނުމުގެ ސަބަބުން ބަޔަކު ބަންދުވީ ރަޖިސްޓްރީގެ މައްސަލައަކާއި ހުރެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން މިހެން ވިދާޅުވެފައިވަނީ ހ.ހުދުފިނިފެންމާގޭގެ ...

13 Jul 2024 | 16:43

މި މަހު 11 ވަނަ ދުވަހު ފާރެއް ރޭނުމުގެ ސަބަބުން ބަޔަކު ބަންދުވީ ރަޖިސްޓްރީގެ މައްސަލައަކާއި ހުރެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިހެން ވިދާޅުވެފައިވަނީ ހ.ހުދުފިނިފެންމާގޭގެ މީހުންނަށް ބޭރަށް ނުނިކުމެވި ގޭގެ ތެރޭގައި ބަންދުވި މައްސަލައިގެ ތަފްސީލު ދެއްވަމުންނެވެ.

ޖުލައި 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ސިޓީ ކައުންސިލުގެ ވަކީލު އަބްދުލް ހަކީމް ވިދާޅުވީ، ހުދުފިނިފެންމާގޭގެ ގޯޅީގެ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާތާ 27 އަހަރު ވެފައި ވާކަމަށެވެ.

އެހެން ނަމަވެސް ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައިވަނީ މޭޔަރުކަމުގައި މަގާމާއި އާދަމް އާޒިމް ހަވާލުވެވަޑައިގެންނެވި ފަހުންނެވެ. މޭޔަރު ބޭނުންވީ އެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދައިދެއްވުމަށް ކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ.

ފިނިފެންމާގެ އޮންނަނީ ދެބަޔަކަށް ބަހާފައެވެ. އެއީ ހައްވާ އިބްރާހިމާއި ހަސަން ޝާކިރުގެ މެދުގައި ބަހާލާފައެވެ.

ހުދު ފިނިފެންމާގެ ހައްވާ އިބްރާހިމާއި ހަސަން ޝާކިރުގެ މައްޗަށް ރަޖިސްޓްރީ ކުރެވި، ހައްވާ އިބްރާހިމަށް ނުވަދެވޭގޮތަށް ގޯޅިއެއް ނުކަނޑައި، ހުދު ފިނިފެންމާގެ ހަސަން ޝާކިރުގެ މައްޗަށް ގޯޅިއެއް ނުކަނޑައި،ހަސަން ޝާކިރުގެ މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވަކީލް ވަނީ ވިދާޅުވެފައެވެ. އަދި މީގެއިތުރަށް ވަކީލް ވިދާޅުވީ، 2020 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ހަސަން ޝާކިރުގެ މައްޗަށް ވަކި ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.

މިގޮތުން ހުދުފިނިފެންމާގޭ ފަހަތުގައި އޮތް ބަޔަށް ނުވަދެވޭ ގޮތްވީ މި ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ހަދައިދިނުމުން ކަމަށާއި މިހާރު މި މައްސަލަ ހޫނުވެފައިވަނީ ހުދުފިނިފެންމާގޭ އާގޭގެ ފާރު ރޭނުމުން ކަމަށް ވަކީލް ވަނީ ވިދާޅުވެފައެވެ. އަދި ގެއެއްގެ އިން ފާރު ރޭނުން ސިޓީ ކައުންސިލުން މަނާ ނުކުރެވޭނެކަން ފާހަގަކުރައްވައި ، ހައްވާ އިބްރާހިމްގެ އޮތން މީހުންނަށް ވަދެ ނިކުމެވޭނެ ގޮތެއް ހަމަޖެއްސުމަށް ހަތަރު ހަފްތާގެ މުއްދަތެއް ވަނީ ދީފައި ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލައެއް ދިމާވެފައި މިވަނީ އެކަން ނުވެ އޮތުމުން ކަމަށް ވެސް ހަކީމް ވަނީ ވިދާޅުވެފައެވެ.

ފިނިފެންމާގެ ދެ ބަޔަކަށް ބެހިފަހުން އެއް ބަޔަށް ހުދުފިނިފެންމާގެ އަނެއް ބަޔަށް ކުބްރާ ކިޔުނު ކަމަށާއި ، މި ދެބަޔަށް ވެސް ވަންނަ ގޮތަށް ހަދާފައިވަނީ ހަދީބީ މަގުން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް