ކަމަދޫ ގްރޫޕްތަކުން އުއްޗު އަށް ޝޯ އެއް ދީފި

މިއަހަރު އަލްހާ ޢީދުގައި އެންމެ މަޝްހޫރުކަން ހޯދި ކަމަދޫ "ފަތްމިނި" ގްރޫޕުން ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) އަށް ޝޯއެއް ދީފިއެވެ. މުޅި ސޯޝަލް މީޑީޔާގައި ސަގާފީ ކުޅިވަރުތަކުން  މަޝްހޫރުކަން ހޯދި ކަމަދ...

13 Jul 2024 | 15:56

މިއަހަރު އަލްހާ ޢީދުގައި އެންމެ މަޝްހޫރުކަން ހޯދި ކަމަދޫ "ފަތްމިނި" ގްރޫޕުން ޗަންޕާ މުޙައްމަދު މޫސާ (އުއްޗު) އަށް ޝޯއެއް ދީފިއެވެ.

މުޅި ސޯޝަލް މީޑީޔާގައި ސަގާފީ ކުޅިވަރުތަކުން  މަޝްހޫރުކަން ހޯދި ކަމަދޫ ފަތްމިނި ގުރޫޕަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ކުރެއްދޫ ރިސޯޓުގައި އުއްޗު ވަނީ ޙާއްސަ ހަފްލާއެއް ބާއްވާފައެވެ.

މި ހަފްލާއަކީ އެ ގްރޫޕަށް ލިބުނު ކާމިޔާބު ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި ހަފްލާއެކެވެ.

ކުރެއްދޫ ރިސޯޓުން ވަނީ އެ ގުރޫޕަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މިގޮތުން، ކުރެއްދޫއަށް ދިޔަ ގުރޫޕުގައި ޢީދު ޝޯގައި ބައިވެރިވި ގިނަ އަދަދެއްގެ އަންހެނުންްނާއި ފިރެހެނުން ހިމެނެއެވެ.

އެ ގުރޫޕުން ވަނީ، ޢީދު ޝޯ ގައި ކަމަދޫގައި ހުށަހެޅި ލަވަތައް ރޭ ބޭއްވި އެ ހަފްލާގައި ހުށަހަޅާފައެވެ.

މިއަހަރު ޢީދުގައި ސަގާފީ ކުޅިވަރު ތަކުން އެންމެ ބޮޑު ތަރުހީބެއް ހޯދާފައިވަނީ ކަމަދޫއިންނެވެ. އެގޮތުން ސަގާފީ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވަނީ ދަފި ނެގުމުގެ ހަރަކާތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް