ރާއްޖޭގެ ބައެއް ރަށްތަކަށް މިރޭ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.
މިރޭގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް, މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެެރޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ސަރަހައްދުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
''އުތުރާއި މެދުރާއްޖެތެެރޭގައި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން'' މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.
އެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި, ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި, ވިލާގަނޑުގައި ގަދަވާނެއެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި, ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2-5 ފޫޓާ ދެމެދުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް