ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާއެއް މާދަމާރޭ އޮންނާނެ ކަމަށް އެ ޕާޓީއިން މިއަދު ބުނެފިއެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ހަރުގެ ޖަލްސާއެއް މާދަމާރޭ 20:30 ގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖަލްސާ އޮންނާނީ ޕީއެންސީގެ ހަރުގެ ހުންނަ ހ.ވެޔޮވިލާ (އާޓިފިޝަލް ބީޗު ކުރިމަތި) ގައެވެ.
ޕީއެންސީގެ ހަރުގެ ރަސްމީކޮށް ހުޅުވީ މިދިޔަ މަހު ފަހުކޮޅުގައެވެ.
މާދަމާރޭ ބާއްވާ ޖަލްސާއަކީ ހަރުގެ ހުޅުވި ފަހުން ބާއްވާ ތިންވަނަ ޖަލްސާއެވެ. އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މާދަމާރޭ އޮންނާނީ ވަރަށް ފޯރިގަދަ ޖަލްސާއެއްކަން ފާހަގަކޮށް, ޕީއެންސީން ވަނީ ޕާޓީގެ ވީހާވެސް ގިނަ މެންބަރުން ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް