އިސްލާމިކް މިނިސްޓްރީން މި މަހުގެ 21 ވަނަ ދުވަހުގައި މީޑިއާތަކަށް ޚާއްސަ މައުރަޒެއް ބާއްވަން ނިންމައިފިއެވެ.
މި މައުރަޒު އޮންނަކަން ހިއްސާކުރީ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ 8 މަސް ފުރޭ މުނާސަބަތާ ގުޅިގެން، މެނިފެސްޓޯގައިވާ އިސްލާމީ ދާއިރާއިން ހާސިލު ކުރެވިފައިވާ ކަންކަން މީޑިއާތަކާ ހިއްސާކުރުމަށްޓަކައި މިނިސްޓްރީއިން މީޑިއާތަކަށް ޚާއްސަކޮށްގެން މައުރަޒެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި މައުރަޒު އޮންނާނީ މި މަހުގެ 21 ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މައުރަޒު އޮންނާނެ ތަނެއް ހާމަކުރައްވައިފައެއް ނުވެއެވެ.
މިނިސްޓަރުގެ ޕޯސްޓުގައި ވަނީ ވޭތުވެދިޔަ މުއްދަތުގައި ހާސިލުކުރެވުނު ބައެއް ކަންކަން ފާހަގަކުރައްވައިފައެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދުމާއި, ޒަކާތާބެހޭ ޚާއްސަ އޮންލައިން ލައިބްރަރީއެއް ގާއިމުކުރުމާއި, މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އިފުތިތާހު ކުރުމާއި, ޒަމާނީ ފަންނިއްޔާތު ބޭނުންކުރުމަށްޓަކައި ޒަމާނީ މިންގަނޑުތަކާ އެއްގޮތަށް އިސްލާމިކް ސްޓޫޑިއޯއެއް ތަރައްގީކުރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް