އެލްޖީއޭގެ ބޯޑަށް މެންބަރު ހޮވުން މި މަހުގެ 24 ގައި, ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ (އެލްޖީއޭ) ބޯޑަށް އަތޮޅު ކައުންސިލްތަކުން އިންތިޚާބުކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުން...

13 Jul 2024 | 11:24

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ (އެލްޖީއޭ) ބޯޑަށް އަތޮޅު ކައުންސިލްތަކުން އިންތިޚާބުކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބު ޖުލައި 24 ވާ ބުދަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އެލްޖީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، ޖުލައި 14 ވާ އާދީއްތަ ދުވަހުގެ 13:30 އިން ފެށިގެން، ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 13:30 އާ ހަމަޔަށް ހުޅުވައިލައިފައިވާ ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ އެ އޮތޯރިޓީގެ [email protected] މެއިލަށް ކަމަށެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ވެސް މިއަދު ވަނީ އާންމުކޮށްފައެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވެ، ހުވައިކޮށްފައިވާ އަތޮޅު ކައުންސިލްގެ ރައީސުންނަށެވެ.

މި ލިސްޓާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއްވާނަމަ މާދަމާ 13:30 ގެ ކުރިން [email protected] އަށް ޝަކުވާ ހުށަހެޅުމަށް އެލްޖީއޭއިން ވަނީ އެދިފައެވެ.

އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޖުލައި 24 ވާ ބުދަ ދުވަހުގެ 10:00 އިން 14:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ހަމަ އެދުވަހު އިއުލާނު ކުރާނެއެވެ. ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވާ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް