އިމިގްރޭޝަންގެ މުވައްޒަފުންނަށް އެމްއެންޑީއެފްއިން ފަސްޓް އެއިޑް ކްލާސްތަކެއް ނަގައިދީފި

މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ހިންގާ "މޯލްޑިވްސް އިމިގްރޭޝަން އެންފޯސްމަންޓް ސްޓަޑީޒް" ކޯހުގައި ކިޔަވައިދޭ ފަސްޓް އެއިޑް މޮޑިއުލްގެ ކުލާސްތަކެއް އެމްއެންޑީއެފް މެޑިކަލް ކޯރއިން ހިންގައިފި...

13 Jul 2024 | 08:18

މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ހިންގާ "މޯލްޑިވްސް އިމިގްރޭޝަން އެންފޯސްމަންޓް ސްޓަޑީޒް" ކޯހުގައި ކިޔަވައިދޭ ފަސްޓް އެއިޑް މޮޑިއުލްގެ ކުލާސްތަކެއް އެމްއެންޑީއެފް މެޑިކަލް ކޯރއިން ހިންގައިފިއެވެ.

ޖުލައި 4 އިން ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކުލާސްތަކުގައި، ސްޓޭންޑަޑް ފަސްޓް އެއިޑްގެ އިތުރުން ސީޕީއާރު-އޭއީޑީގެ ބައިތައް ކިޔަވައިދީފައިވެއެވެ. އެގޮތުން ފުރަތަމައެހީ ދޭނެ ގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި، މޫދުގައި ގެނބިގެން ނަގާ މީހުންނަށް ސީޕީއާރު ދޭނެގޮތާއި އަދި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރގެ މުދައްރިބުން ކިޔަވައިދެއްވި މި ކުލާސްތަކުގައި، މޯލްޑިވްސް އިމިގްރޭޝަންގެ 18 މުވައްޒަފުން ބައިވެެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް