ރާއްޖެ ހިމެނޭހެން އެކުލަވާލާފައިވާ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ބަންގްލަދޭޝް ބައިވެރިވެއްޖެ

ދާޚިލީ ސަލާމަތީ އޮނިގަނޑެއްގެ ސިފައިގައި 2011 ވަނަ އަހަރު އެކުލަވައިލި "ދަ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ފްރޭމްވޯކްގެ ފަސްވަނަ މެމްބަރު ޤައުމުގެ ގޮތުގައި ބަންގްލަދޭޝް ބައިވެރިވެއްޖެއެވެ. އިންޑިއާ، މ...

13 Jul 2024 | 08:10

ދާޚިލީ ސަލާމަތީ އޮނިގަނޑެއްގެ ސިފައިގައި 2011 ވަނަ އަހަރު އެކުލަވައިލި "ދަ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ފްރޭމްވޯކްގެ ފަސްވަނަ މެމްބަރު ޤައުމުގެ ގޮތުގައި ބަންގްލަދޭޝް ބައިވެރިވެއްޖެއެވެ.

އިންޑިއާ، މޮރީޝަސް، ދިވެހިރާއްޖެ އަދި ލަންކާ ހިމެނޭ މި ކޮންކްލޭވްގައި ބަންގްލަދޭޝް ބައިވެރިކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮންކްލޭވްގެ 8 ވަނަ، ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ (DNSA) ލެވެލްގެ ބައްދަލުވުމުގައެވެ. އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުން ހޯސްޓްކުރި ޤައުމަކީ މޮރީޝަސް އެވެ. އޮބްޒާވަރ ޤައުމެއްގެ ގޮތުގައި އެ ބައްދަލުވުމުގައި ސޭޝެލްސް ބައިވެރިކޮށްފައިވެއެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާއާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ އޮނިގަނޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް