ބަންދުގައި ބައިތިއްބަން ނުފެންނާތީ ޝަމްނާޒާއި ސަނާ ދޫކޮށްލައިފި

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒާއި އޭނާގެ ކޮއްކޮ ސަނާ ސަލީމް މިއަދު ދޫކޮށްލައިފިއެވެ. ސިހުރު ހެދި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ޝަމްނާ...

13 Jul 2024 | 07:39

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒާއި އޭނާގެ ކޮއްކޮ ސަނާ ސަލީމް މިއަދު ދޫކޮށްލައިފިއެވެ.

ސިހުރު ހެދި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ޝަމްނާޒްގެ އިތުރުން ދެމީހަކު ހައްޔަރުކުރިއެވެ. އެމީހުންގެ ބަންދަށް މިދިޔަ މަހު 23 ވަނަ ދުވަހު ހަތް ދުވަސް ޖެހިއެވެ. ބަންދުގެ މުއްދަތު ހަމަވުމުން އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި ޝަމްނާޒާއި އޭނާގެ ކޮއްކޮ ސަނާގެ ބަންދަށް މި މަހު 1 ވަނަ ދުވަހު ވަނީ އިތުރު ހަތް ދުވަސް ޖަހާފައެވެ. އެދެމީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން ރޭގައިވަނީ ދޫކޮށްލާފައެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން މިއަދު ބުނީ، މިދިޔަ މަހު 23 ވަނަ ދުވަހު ހައްޔަރު ކުރި 40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާކަމަށެވެ. އަދި އެމީހުން ދޫކޮށްލާފައިވަނީ ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހުން ދޫކޮށްލިނަމަވެސް މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް