ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ މެންދަމު 3:30 އިން ފެށިގެން ހެނދުނު 08:15 އާއި ދެމެދުގެ ވަގުތަށެވެ.
މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ހުދު ސަމާލެއް ނެރެފައިވާއިރު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން މިރޭ އިރާކޮޅު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް