ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ފޭބީ ބަޣާވާތަކުން ނޫން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މިހެން ވިދާޅުވީ، ރައީސް ޞާލިހު ރިޔާސީ ކެމްޕޭނަށް ކ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މާފުށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނުވަ އަހަރަށްފަހު އެމްޑީޕީގެ ޕޯޑިއަމްއެއްގައި ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަ ކުރައްވައި ރީކޯ ވިދާޅުވީ ވެރިކަން ކުރުމަށްޓަކައި އާ ނިޒާމެއްފަށައިގެން ކުރިއަށް ދިޔައީ އެމްޑީޕީ އުފެދިގެން ދިޔަފަހުން ކަމަށެވެ.
ކުރީގެ ވާހަކަތަކަށް އަލި އަޅުވާލައި ރީކޯ ވިދާޅުވީ އެމްޑީޕީގެ ކުރީގެ ސަރުކާރު ވެއްޓުނީ މާގިނަ ކަންތައްތަކެއް ނުކުރެވި އުޅެނިކޮށް ކަމަށެވެ.
2006 ވަނަ އަހަރު ފަށައިގެން ގެސްޓްހައުސްގެ ސިޔާސަތަކީ އޭރި ޕީޖީ ލީޑަރަކީ ރައީސް ޞާލިހު އިސްވެ ހުންނަވައި ފެއްޓެވި މަސައްކަތެއް ކަމަށާއި އެ ގަރާރު3 ފަހަރަށް ލައި ފާސްނުވެ އޮތުމަށްފަހު ފަހުން ފާސްވެ، އޭގެ ނަފާ ރާއްޖެއަށް ލިބެންފެށި ކަމަށް ރީކޯ ވިދާޅުވިއެވެ.
މީގެ އިތުރުން ރީކޯ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުރީ ބަޣާވާތެއް ނޫން ކަމަށާއި އެކަން އެނގިގެން ދިޔައީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ދެން ކަންތައްތައް ހިނގި ގޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް