ރާއްޖޭގެ އިގްތިސޯދު ހަމަޔަކަށް އެޅެމުންދާ މަންޒަރު މާފުށިން ފެނޭ: ރައީސް

ރާއްޖޭގެ އިގްތިސޯދު ހަމަޔަކަށް އެޅެމުންދާ މަންޒަރު މާފުށިން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކެމްޕޭނަށް ކ. އަތޮޅުގެ ތިން ރަށަކަ...

13 Jul 2023 | 16:53

ރާއްޖޭގެ އިގްތިސޯދު ހަމަޔަކަށް އެޅެމުންދާ މަންޒަރު މާފުށިން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކެމްޕޭނަށް ކ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މާފުށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އަހިސް ކުރަން ޖެހުނު ފުރަތަމަ ކަމަކީ ރާއްޖެއަށް ހަމަޖެހުން ގެނައުން ކަމަށެވެ. އަދި އެ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ.

2018 ވަނަ އަހަރު މާފުށިން މި ސަރުކާރަށް 60 އިންސައްތަ ވޯޓު ދީފައި ވާތީ އެކަމަށްޓަކައި ރައީސް ވަނީ މާފުށީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

މިއަދު ފެންނަ މަންޒަރުންވެސް މާފުށިން އެމްޑީޕީއާއެކު ކުރިއަށްދާން ތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހަމަޔަކަށް އެޅެމުންދާ މަންޒަރު މާފުށިން ފެންނަ ކަމަށެވެ. އަދި ރިޔާސީ ވައުދުގެ ގޮތުގައި މާފުއްޓަށްވީ ހުރިހާ ވައުދުތަކެއްހެން ނިމިއްޖެ ކަމަށާއި އެންމެ ބޮޑު އެއް ވަދުއަކީ ބިން އިތުރު ކުރުން ކަމަށެވެ.

އެއާއެކު ކައުންސިލުން އެދުނު ގޮތަށް ޕިކްނިކް އައިލެންޑް ތަރައްގީކޮށްދީފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ވެރިކަން ފެށުނުއިރު މާފުށީގެ ސިއްހީ މަރުކަޒު ހުރީ ނަމެއްގައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ ސިއްހީ މަރުކަޒަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކޮށްފައިވާނެ ކަމަށެވެ.

ކުރިއަށްއޮތް ދައުރުގައި މާފުށީގެ ބޮޑު މަގުތައް ހަދައިދީ، ފެރީ ޓާމިނަލަކާއި އެރައިވަލް ޖެޓީއެއް ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށާއި ހިއްކި ބިމުން ގެދޮރު ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް