ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ކ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ރައީސް ވަޑައިގަންނަވާނީ ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށެވެ.
އެގޮތުން މިއަދު މެންދުރު ގުޅީ ރައްޔިތުންނާ ބައްދަލު ކުރެއްވުުމަށްފަހު ރައީސް ވަޑައިގަންނަވާނީ ގުރައިދޫއަށެެވެ. އަދި ހަވީރު ގުރައިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު މިރޭ މާފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާނެއެވެ.
ކެމްޕޭނަށް ރައީސް ވަނީ އިއްޔެ މާލޭގައި ދޮރުން ދޮރަށް ހިންގަވާފައެވެ. ރައީސް ދޮރުން ދޮރަށް ވަޑައިގަންވަނާފައި ވަނީ ގަލޮޅުގައެވެ.
ރައީސްގެ ރިޔާސީ ކެމްޕޭން ފައްޓަވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ށ. އަތޮޅުންނެވެ. އެގޮތުން ރައީސް ވަޑައިގަންނަވާފައި ވަނީ ށ. ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް