މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ނަމާ ގުޅުވައިގެން ސޭންޑްވިޗަކަށް ނަން ދީފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މެސީ ޔޫއެސްއޭއަށް ދިއުމަށްފަހު، ހާޑް ރޮކް ކެފޭ އާއެކު އާ ޗިކަން ބާގަރ އެއް ވަނީ ތައާރަފް ކޮށްފައެވެ.
މެސީގެ އިންސްޓަގްރާމު އެކައުންޓްގައި ހިއްސާ ކޮށްފައިވާ ވީޑީއޯއިން ދައްކާ ގޮތުގައި މެސީ ހިނގާފައި ގޮސް ވަންނަނީ ކެޕޭ އަކަށެވެ. އަދި ކައްކާ މީހެއްގެ ހެދުން ލައިގެން ކެފޭގެ ބަދިގޭގައި ހަރަކާތްތެރި ވެއެވެ.
ފުޓްބޯޅައިގައިވެސް ޖާދޫ ދައްކާ މެސީގެ ޖާދޫއިން ބަދިގެއާއި ކައްކަން ބޭނުންވާ ތަކެތި ތަރުތީބު ކުރާތަން ފެނެއެވެ. އޭގެ ފަހުން މެސީ ހަރަކާތްތެރި ވަނީ އެހެން ޝެފުން ކައްކާގޮތް އޮބްޒަރވް ކުރުމަށެވެ.
އިތުރު ދެ ޝެފުންގެ އެހީގައި މެސީ ކާތަކެތި ތައްޔާރުކޮށް ނިންމާލައެވެ. އަދި ވީޑީއޯ ނިމޭ ތަނަށް "މޭޑް ފޯ ޔޫ ބައި ލިއޯ މެސީ" އަރައެވެ.
މެސީ އަކީ2021 ވަނަ އަހަރުން ފެށިގެން ހާޑް ރޮކްގެ ބްރޭންޑް އެމްބެސެޑަރއެވެ.
ދާދި ފަހުން މެސީ ރާއްޖޭ އަހިސްފައިވާކަމަށް ރާއްޖޭގެ ނޫސްތަކުގައި ހަބަރު ފެތުރުނެވެ. ނަމަވެސް މެސީގެ އަންހެނުން އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓަކަށް ބަލާއިރު އެއީ ރާއްޖެ ނޫންކަން އެނގެއެވެ.
https://www.youtube.com/watch?v=AHXiJQITg7A
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް