ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443: އެން.ވައި.ޖީ އާއި ފަހުލަވާނު ފައިނަލަށް

ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ ދެވަނަ ބުރުގައި މިރޭކުޅެވުނު ދެ މެޗާއެކު އެން.ވައި.ޖީ އާއި ފަހުލަވާނު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗްގައި ތަފާތަކަށްވީ މީގެކުރިން އެން.ވައި.ޖީ މެޗ...

13 Jul 2022 | 18:17

ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ ދެވަނަ ބުރުގައި މިރޭކުޅެވުނު ދެ މެޗާއެކު އެން.ވައި.ޖީ އާއި ފަހުލަވާނު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗްގައި ތަފާތަކަށްވީ މީގެކުރިން އެން.ވައި.ޖީ މެޗްތަކުގައި ނުކުޅެހުރި އަޙުމަދު އައިހަމްއެވެ. އައިހަމް ވަނީ މިރޭ މެޗްގައި ތިން ގޯލްޖަހާ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދާފައެވެ. އެން.ވައި.ޖީގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދީނީ ކެޕްޓަން ޢަބްދުލް ޢަޒީޒު އިބްރާހިމްއެވެ. ކޭއެފްސީގެ ގޯލްތައް ކާމިޔާބުކޮށްދިނީ ހިޝާމް ޙަސަން ވަޙީދާއި ޢަލީ ސާމީ (ޝެގީ) އެވެ.

ދެވަނަ މެޗްގައި ރޭވަންސްއާއި ވާދަކޮށް ފަހުލަވާނު މެޗް ކާމިޔާބުކުރީ 7 ލަނޑު 2 ލަނޑުންނެވެ.

މި މެޗްގައި ފަހުލަވާނުގެ ޢާދިލް ވަނީ މޮޅުކުޅުމެއް ދައްކައި ތިން ގޯލް ކާމިޔާބުކޮށް މޮޅުކުންތެރިޔާގެ މަޤާމު ހޯދާފައެވެ.

ފަހުލަވާނުގެ އިތުރު ގޯލްތައް ކާމިޔާބުކޮށްދިނީ ދެ ގޯލް ޖެހި ރިލްވާނު ވަޙީދު (ރިލޭ) އާއި އަޙުމަދު ނަބީލް (ނައްބަ) އާއި ޢަބްދުލް ޙަސީބު (ޗަސްބެ)އެވެ. ރޭވަންސްގެ ގޯލް ތައް ކާމިޔާބުކޮށްދިނީ އަޙުމަދު ޒާހިރު (ޓޫޓީ) އާއި މުޙައްމަދު އަނީސްއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ފަހު ދެ މެޗް މާދަމާ ހަވީރު ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި އެސް.ޖީ.ސީ އާއި ކޭއެފްސީ ބައްދަލު ކުރާއިރު، ދެ ވަނަ މެޗްގައި ބައްދަލު ކުރާނީ ބިލެތްދޫ ކަނބުލޮ އެސްސީއާއި ރޭވަންސްއެވެ.

މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން ފ. އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި 11 ޓީމަކުންވަނީ ބައިވެރިވެފައެވެ. އެއީ ނިލަންދޫގެ 7 ޓީމެއްގެ އިތުރުން ދަރަނބޫދޫ 2 ޓީމަކާއި މަގޫދޫ އަދި ބިލެތްދޫން ބައިވެރިވި ޓީމެކެވެ.

މުބާރާތުގައި ބައިވެރިވި 11 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ޢީދުވިލޭރެއިން ފެށިގެން ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައިމަހު 15 ވަނަ ދުވަހު ހަވީރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް