އަލަމްގިރި ގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި

އަލަމްގިރި ގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެނިގެންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ ބަންދަށް ފަސް ދުވަސް ޖެ...

13 Jul 2022 | 18:05

އަލަމްގިރި ގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެނިގެންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ ބަންދަށް ފަސް ދުވަސް ޖެހީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދުއެވެ.

އަލަމްގިރި ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރުފަހު 3 ޖަހާކަންހާއިރު މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި ހުއްޓައެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އޭގެތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއް ވެސް ހިމެނެއެވެ.

އެހެންނަމަވެސް އެ ދެ ބޭފުޅުން ވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް ދޮގު ކުރައްވާފައެވެ.

މީގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު ވެސް އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯއެއް ވެސް ވަނީ ޢާންމުވެފައެވެ.

އެ މައްސަލައާ ގުޅިގެން އަލަމްގިރި އާއި ކާނަލް ނަޝީދު އަދި ނާޒިމް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް