ޖުލައި 4 ވަނަ ދުވަހުގެ އެކްސިޑެންޓުގައި ޒަޚަމްވެ އައިސީޔޫގައި ފަރުވާދެމުންދިޔަ އިތުރުމީހަކު ވާޑަށް ބަދަލުކޮށްފި

ޖުލައި 4 ވަނަ ދުވަހުގެ އެކްސިޑެންޓުގައި ޒަޚަމްވެ އައިސީޔޫގައި ފަރުވާދެމުންދިޔަ އިތުރުމީހަކު ވާޑަށް ބަދަލުކޮށްފިއެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަުންް (އައިޖީއެމްއެޗް) ބުނީ އެ އެކްސިޑެންޓްގައި އަ...

13 Jul 2022 | 16:45

ޖުލައި 4 ވަނަ ދުވަހުގެ އެކްސިޑެންޓުގައި ޒަޚަމްވެ އައިސީޔޫގައި ފަރުވާދެމުންދިޔަ އިތުރުމީހަކު ވާޑަށް ބަދަލުކޮށްފިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަުންް (އައިޖީއެމްއެޗް) ބުނީ އެ އެކްސިޑެންޓްގައި އަނިޔާވެ ފަރުވާ ދެމުން ދިޔަ ތިން މީހުންގެ ތެރެއިން އެކަކު މިއަދު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ވަގުތު އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އަންހެނަކާއި ފިރިހެނަކަށް ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވި ގޮސް އެހެން ކާރެއްގައި ޖެހި އެނބުރެމުން ގޮސް ބަހެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ހަ މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ ކާރުގައި ތިބި ހަތަރު މީހަކާއި ބަހުގައި ތިބި ދެ އަންހެނަކަށެވެ.

މިހާދިސާގައި ކާރުގައި އިން ގއ. މާމެންދޫ ބިލަތްމާގެ އުމުރުން 23 އަހަރުގެ މަރިޔަމް އަމާނީ ރަޝީދު ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް