ލީޑްސް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް ރަފީނިއާ ސްޕެއިންގެ ބާސެލޯނާއަށް ސޮއި ކޮށްފިއެވެ.
ލީޑްސް ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި މިކަން ކަށަވަރު ކޮށްދީފައި ވާއިރު، ރަފީނިއާ މިހާރު ވަނީ ބާސެލޯނާގެ މެޑިކަލް ފުރިހަމަ ކުރުމަށް ސްޕެއިންނަށް ގޮސްފަކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
ރަފީނިއާ ބާސާއަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އޭނާ ބާސާގައި 2027 ވަނަ އަހަރާއި ހަމައަށް މަޑުކުރާނެއެވެ.
ބާސާއިން ރަފީނިއާގެ ސޮއި ހޯދާފައިވާއިރު، ރަފީނިއާ ވަތުމަށް ލީޑްސް އަށް ބާސެލޯނާ އިން ފުރަތަމަ ދައްކަން ހަމަޖައްސާފައިވަނީ 58 މިލިއަން ޑޮލަރެވެ. އަދި އެޑޮންއެއް ގޮތުގައި ދައްކާ އިތުރު 10 މިލިއަން ޑޮލަރު ދައްކާނީ އޭނާ ބާސެލޯނާގައި ދައްކާ ކުޅުމަށް ރިއާޔަތް ކޮށްފަ އެވެ.
އުމުރުން 25 އަހަރުގެ ރަފީނިއާ ލީޑްސް އިން ޕްރީ ސީޒަނުގެ މެޗުތައް ކުޅުމަށް އޮސްްޓްރޭލިއަށް ކުރި ދަތުރުގައި ބައިވެރި ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް