ނެޝަނަލް ނެޓްބޯލް ޓޯނަމެންޓް މި މަހު 15 ގައި ފަށަން ނިންމައިފިއެވެ.
ނެޓްބޯލް އެސޯސިއޭޝަނުން ދުވަސް ނޫހަށް ބުނީ "މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓް" ފަށާނީ މި ޖުލައި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ތިން މެޗު ކުޅުމަށް ތާވަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެގޮތުން ހަވީރު 16:30 ގައި ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބު ސްަކއިލާރކް އެވެ. އިރުއޮއްސި 7 ޖަހާއިރު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކްލަބާއި ވިޔަންސާއެވެ.
މުބާރާތުގެ ތިންވަނަ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އެރޭ 21:30 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ އާއި ކްލަބު ގްރީން ސްޓްރީޓެވެ.
ނެޓްބޯލް އެސޯސިއޭޝަނުން ބުނީ ޖުލައި 22 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތް ކުޅޭނީ މާފަންނުގައި ހުންނަ އިޖުތިމާޢީ މަރުކަޒު (ސޯޝަލް ސެންޓަރ) ގެ އެތެރޭ ކޯޓުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް