"ޔޫއެފާ ވިމެންސް ޔޫރޯ 2022" ދިރާގުޓީވީ އަދި ދިރާގުޕްލޭ އިން ބަލައިލުމުގެ ފުރުސަތު

"ޔޫއެފާ ވިމެންސް ޔޫރޯ 2022" ދިރާގުޓީވީ އަދި ދިރާގުޕްލޭ އިން ބަލައިލުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ދިރާގުން ބުނެފިއެވެ. އެ ކުންފުނިން ބުނީ "ޔޫއެފާ ވިމެންސް ޔޫރޯ" 2022 މިދިޔަ ހަފްތާގައި ފަށާފައި...

13 Jul 2022 | 11:39

"ޔޫއެފާ ވިމެންސް ޔޫރޯ 2022" ދިރާގުޓީވީ އަދި ދިރާގުޕްލޭ އިން ބަލައިލުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

އެ ކުންފުނިން ބުނީ "ޔޫއެފާ ވިމެންސް ޔޫރޯ" 2022 މިދިޔަ ހަފްތާގައި ފަށާފައިވާއިރު، މި މުބާރަތުގެ މެޗުތައް ދިރާގުޓީވީގެ 'ސޮނީ ޓެން 2 އެޗްޑީ' ޗެނަލް (ޗެނަލް ނަމްބަރު 104) އިންނާއި ދިރާގުޕްލޭ މޯބައިލް އެޕްއިން ވަގުތުން ބަލާލެވޭނެ ކަމަށެވެ. އަދި މެޗް ޝެޑިއުލްތައް ދިރާގުޓީވީގެ ޓްވިޓަރ އަދި ފޭސްބުކް އެކައުންޓްތަކުގައި ޕޯސްޓް ކުރަމުްނދާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އައި އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، "ޔޫއެފާ ވިމެންސް ޔޫރޯ" 2022 އިނގެރޭސި ވިލާތުގައި ކުރިއަށްދާނީ ޖުލައި 7 ން 31 ގެ ނިޔަލަށެވެ.

ދިރާގު ޓީވީ ކަސްޓަމަރުންނަށް ސެޕްޓެމްބަރު ގެ ނިޔަލަށް ބޭސިކް ޕެކޭޖް 350 ރުފިޔާއަށް ސަބްސްކްރައިބް ކޮށްލައްވައިގެން "ޔޫއެފާ ވިމެންސް ޔޫރޯ" 2022 ގެ މެޗުތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ޗެނަލްތަކާއި އެޗްޑީ ކޮލިޓީގައި ވީޑިއޯ އޮން ޑިމާންޑް ބަލާލެވޭނެއެވެ. އަދި އެންމެ 65 ރުފިޔާ (ޖީ.އެސް.ޓީ ނުހިމެނޭގޮތަށް) ދިރާގުޕްލޭ އަށް ސަބްސްކްރައިބް ކުރައްވައިގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ހުރިހާ މެޗުތަކެއް ބަލާލެވޭނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ވައިފައި މެދުވެރިކޮށް ސްޓްރީމް ކުރާއިރު މި ޚިދުމަތް އިތުރު ޚަރަދަކާއިނުލާ ބޭނުންކުރެވޭނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

މީގެ އިތުރުން ދިރާގުޓީވީއަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން، ހިލޭ ޖޯއިބޮކްސް އަދި ހިލޭ ވަޔަރލެސް ކީބޯޑް (ފުރަތަމަ 300 ކަސްޓަމަރުންނަށް) ލިބިގެންދާ ލިމިޓަޑް އޮފަރ ޕްރޮމޯޝަނެއް ވެސް ދިރާގުން ވަނީ ތަޢާރަފްކޮށްފައެވެ. ޖުލައި 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން އާއި ބެހޭ އިތުރު މަޢުލޫމާތު އިން ލިބޭނެއެވެ.

ދިރާގުޓީވީން އެކި އުމުރުތަކާއި އޯޑިއަންސްތަކަށް ގުޅޭ ތަފާތު ގިނަ ޗެނަލްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި އެކި ޑިޒްނީގެ ޗެނަލްތަކާއި، ސޮނީ ސްޕޯރޓްސްގެ އެކި ޗެނަލްތައް ހިމެނެއެވެ. އަދި ޑިސްކަވަރީއާއި ސްޓަރ ޗެނަލްތަކާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ އެކި ޗެނަލްތަކާއި އިސްލާމީ ޗެންލްތައް ވެސް ދިރާގުޓީވީން ލިބެއެވެ.

ދިރާގުގެ ޑިޖިޓަލް އައިޕީޓީވީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެެ ދަށުން، މުޅި ރާއްޖޭގެ 84 ޕަސަންޓު ގޭބިސީއަށް މިހާރު ދިރާގުޓީވީގެ ޚިދުމަތް ލިބޭނެއެވެ.

ދިރާގުޓީވީން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުޅާކޮށް ފުރިހަމަކޮށްދީ އިތުރު ކޮލިޓީ ކޮންޓެންޓާއި އައު އޮފަރތައް ގެނެސްދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް