ރައީސް ގޮތަބަޔަ ރާޖަޕަކްސައާ ދެކޮޅަށް ރާއްޖޭގައި އުޅޭ ލަންކާ މީހުން މުޒާހަރާ ފަށައިފި

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައާ ދެކޮޅަށް ރާއްޖޭގައި އުޅޭ ލަންކާ މީހުން މުޒާހަރާ ފަށައިފިއެވެ. އެމީހުންގެ މުޒާހަރާ ކުރަމުންދަނީ ކާނިވަލް ސަރަހައްދުގައެވެ. ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައ...

13 Jul 2022 | 10:59

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައާ ދެކޮޅަށް ރާއްޖޭގައި އުޅޭ ލަންކާ މީހުން މުޒާހަރާ ފަށައިފިއެވެ.

އެމީހުންގެ މުޒާހަރާ ކުރަމުންދަނީ ކާނިވަލް ސަރަހައްދުގައެވެ.

ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން މި މުޒާހަރާ ފަށާފައި މިވަނީ ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ އެ ގައުމަށް ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ބަހަކީ ކޮބައިތޯ ނޫސްވެރިން ސުވާލުކުރުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވެފައި މި މައްސަލައިގާ މިވަގުތު ފޮރިން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ލަންކާގެ އަސްކަރީ ޖެޓެއްގައި ގޮތާބޭ އާއި އޭނާގެ އަނބިކަނބަލުން ރާއްޖެ ވަޑައިގަތީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އަދި ރާއްޖެއިން ގޮތާބޭއަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވެސް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

ގޮތާބޭ ފިއްލަވައިގެން މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު އެ ގައުމުގެ ރައްޔިތުންގެ ނިކުމެ ގޮތާބޭގެ ރަސްމީ އޮފީސް ވަނީ ހިސޯރުކޮށްފައެވެ.

އިގްތިސޯދީ ގޮތުން ގައުމު އިނދަޖެހި އާއްމު ޒަރޫރީ ބޭނުންތައްވެސް ރައްޔިތުންނަށް ފުއްދައިނުދެވޭ ހިސާބަށް ގައުމުގެ ހާލަތު ދިއުމުން ރައްޔިތުން މަގުތަކަށް ނިކުމެ އެ ގައުމުގެ ރަސްމީ އޮފީސްތަކާއި އިދާރާތައް ވަނީ ހިސޯރުކޮށްފައެވެ.

އެކަމާއި ގުޅިގެން ހޮނިހިރު ދުވަހުން ފެށިގެން ގޮތާބޭ އުޅުއްވީ ގައުމަށް ފިއްލަވައިގެން އަސްކަރިއްޔާގެ ހިމާޔަތުގައެވެ.

ދެ ފަހަރެއްގެ މަތިން ގައުމު ދޫކުރައްވައި ދުބާއީއަށް ދަތުރުކުރެއްވުމަށްވެސް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އެކަންކަން ވަނީ ފެއިލްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް