މިރޭ ހަނދު ބޮޑުވާނެ، އަލި ގަދަވާނެ: މައުމޫން

މިރޭ ފެންނަ މާ ހަނދު ކުރިއަށްވުރެ ބޮޑުވެފައި އަލިވެސް ގަދަވާނެކަމުގައި ނުޖޫމީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް، ރައީސް މައުމޫން ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއ...

13 Jul 2022 | 08:42

މިރޭ ފެންނަ މާ ހަނދު ކުރިއަށްވުރެ ބޮޑުވެފައި އަލިވެސް ގަދަވާނެކަމުގައި ނުޖޫމީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް، ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ މިރޭ ފެންނަ މާހަނދު އެހެން މަސްމަހު ފެންނަ ފުރިހަަމަ ހަނދަށްވުރެ ގާތްގަނޑަކަށް ހަތް އިންސައްތަ ބޮޑުވެފައި 15 އިންސައްތަ އަލިގަދަވާނެކަމަށް ފަލަކީ މާހިރުން ބުނާކަމަށެވެ.

https://twitter.com/maumoonagayoom/status/1547133871702941696

ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ އުޑުމަތި ސާފުނަމަ އާދަޔާ ހިލާފު ރީތި މަންޒަރަކަށް ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް