ސްރީ ލަންކާގެ ހުޅަނގު ބިތަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިއުލާނުކުރި ކާފިއު އަދި ބާރު ނުހިނގާނެ ކަމަށާއި އެ ބާރު ލިބުމުން އަލުން އިއުލާނުކުރާނެ ކަމުގައި ރަނިލްގެ އޮފީހާ ހަވާލާދީ ލަންކާ މީޑިއާއިން އިއުލާނު ކޮށްފިއެވެ.
ރަނިލްގެ އޮފީހުން ކުރިން އިއުލާނުކުރީ ވަގުތުން ވަގުތަށް ހުޅަނގު ބިތަށް (ގައުމުގެ އެޑްމިނިސްޓްރޭޓިވް ޕްރޮވިންސް) އަށް ކާފިއު ހިންގައި މުޅި ގައުމުގައި އެމަޖެންސީ ހިންގަން ރަނިލް އޯޑަރު ކުރައްވާފައިވާކަމަށެވެ. ނަމަވެސް މިކަމާއިމެދު ލަންކާ މީޑިއާއާއި އިދިކޮޅުން ސުވާލު އުފެއްދީ ރައީސް ގޮތާބޭ އިސްތިއުފާ ދެއްވާ ހާލަތެއްގައި މެނުވީ ބޮޑުވަޒީރަށް އެ ބާރު ނުލިބޭނެތީއެވެ.
އެއަށްފަހު މިހާރު ރަނިލްގެ އޮފީހާ ހަވާލާދީ ލަންކާ މީޑިއާގައި ރިޕޯޓުކުރާގޮތުގައި ރަނިލް އެކަން އިއުލާނުކުރައްވާނީ އެ ބާރު ރަނިލް އަށް ލިބިލެއްވުމުންނެވެ. ރަނިލް އަށް އެ ބާރު ލިބިލައްވާނީ ގޮތާބޭގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބޭ ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް