ހާލަތު ބޮއްސުންލާފައިވާ ސްރީ ލަންކާގެ ހުޅަނގު ޕްރޮވިންސްގައި ވަގުތުން ވަގުތަށް ކާފިއު އިއުލާނުކުރަން ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އަންގައިފިއެވެ.
ލަންކާގެ ހުޅަނގު ޕްރޮވިންސްގައި ހިމެނެނީ ކޮލޮމްބޯ އާއި ގަމްޕަހަ އާއި ކަލުތަރަ ޑިސްޓްރިކްޓެވެ. މިއީ ލަންކާގެ އެޑްމިނިސްޓްރޭޓިވް ޕްރޮވިންސެވެ.
ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ރަނިލް އޯޑަރު ކުރެއްވީ ހުޅަނގު ޕްރޮވިންސްގައި ވަގުތުން ވަގުތަށް، ވަކި މުއްދަތެއް ނެތްގޮތަށް ކާފިއު ހިންގުމަށާއި މުޅި ގައުމަށް އެމަޖެންސީ ހާލަތު އިއުލާނު ކުރުމަށެވެ. އަދި އެންގުމަށް ބޯ ނުލަނބާ މީހުން ހައްޔަރުކުރުމަށެވެ.
މި އެންގުން ރަނިލް އަންގަވާފަައިވާއިރު ގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ ރޭގެ ފުރަ ދަންވަރުގައި ގައުމު ދޫކޮށް ފިއްލަވާފައިވާތީ ރައްޔިތުން އަންނަނީ މުޒާހަރާތައް އަނެއްކާވެސް ވަރުގަދަކޮށް ރަނިލް ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް