ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދަށްކުރުމަށް އާމަންޑް ވަރެއް ހަމަ ނެތް - ދިރާސާ

އާމަންޑަކީ މިއަދު ދިވެހީންގެ މެދުގައިވެސް ވަރަށް މަޤުބޫލު އަދި އެހާމެ އާންމު އެއްޗެކެވެ. ގިނަ ފިހާރަތަކުންނ|ާއި އެހެނިހެ ގޮތްގޮތުން ވެސް އާމްންޑުގެ ބާވަތްތައް އަހަރެމެންނަށް ލިބެން އެބަހުއްޓެވެ. ނަމަވ...

13 Jul 2022 | 05:44

އާމަންޑަކީ މިއަދު ދިވެހީންގެ މެދުގައިވެސް ވަރަށް މަޤުބޫލު އަދި އެހާމެ އާންމު އެއްޗެކެވެ. ގިނަ ފިހާރަތަކުންނ|ާއި އެހެނިހެ ގޮތްގޮތުން ވެސް އާމްންޑުގެ ބާވަތްތައް އަހަރެމެންނަށް ލިބެން އެބަހުއްޓެވެ.

ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުން އެ ބޭނުންކުރަނީ އެއިންވާ ފައިދާއެއް ނޭނގިކަމަށް ވެދާނެއެވެ. އާމަންޑަކީ އެއިން ތިމާގެ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދަށްކުރުމަށް އާމަންޑް ވަރެއް ނެތެވެ. ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ދައްކުރުމަށް އާމަންޑްހާ މޮޅު އެއްޗެއް ނެތެވެ. ކޮލެސްޓްރޯލް ދަށްކޮށް ދިނުމުގެ އިތުރުން ހިތުގެ ބަލިތަކާ ދެކޮޅަށް ހަރަކާތްތެރިވުމަށް ބޭނުންވާ ވިޓަމިން އީ ގިނަ އަދަދަކަށް އާމަންޑްގައި ހިމެނިފައި ވުމަކީ ގަވާއިދުން އާމަންޑް ކާން ޖެހޭ ސަބަބެކެވެ.

އާމަންޑުން ލިއްބައިދޭ މުހިންމު މާއްދާއެއް ކަމުގައިވާ މެގްނީޒިއަމްގެ ރޯލަކީ ހާޓް އެޓޭކް ޖެހުން ކުޑަކޮށްދިނުމާއި ހިމަ އަދި ބޮޑެތި ނާރުތަކުގެ ލޭ ހިނގުން ފަސޭހަކޮށް ދިނުމެވެ.

ހިތުގެބަލިތަކުން މީހާ ރައްކާތެރިކޮށްދިނުމުގައިވެސް އާމަންޑް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުން އާމަންޑަކީ ސިކުނޑިއަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ސްޓްރެސް ވެފައި ހުންނަ ވަގުތުތަކުގައި އާމަންޑެއް ކާލުމުން ސިކުނޑިއަށް ލުއިކަމެއް ލިއްބައިދެއެވެ.

އާމަންޑުގައި ހިމެނޭ ވިޓަމިންސް އަދި މިނަރަލްސްގެ ސަބަބުން ފީވެފައި ހުންނަ ކަށިތަކަށް ދިރުން ގެނެސްދީ ކަށިތައް ވަރުގަދަ ކުރުމަށާއި ދަތްތައް ވަރުގަދަކުރުމަށް އެހީ ވެދެއެވެ. ގަވާއިދުން އާމަންޑް ކާނަމަ ކެންސަރު ޖެހުމުން ދުރުކޮށްދީ ހަމުގެ ބަލިތަކުންވެސް މީހާ ދުރުކޮށްދިނުމަށް އެހީތެރިކަން ލިބެއެވެ.

އޭގެ އިތުރުން މާބަނޑު އަންހެނުންވެސް އާމަންޑް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެ ކެއުމުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ރަނގަޅު ފައިދާތަކެއް ކުރާކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މާބަނޑު އަންހެނާއަށް ވެސް އެއިން ފައިދާ ކުރުވާ އިރު ބަރުދަން ލުއި ކުރުމަށްވެސް އާމަންޑު އެހީތެރިވެދެއެވެ.

އާމަންޑްގެ މަގްބޫލުކަން ބޮޑުވެފައިވާއިރު މީގެ ވަރަށް ގިނަ ވައްތަރުތައް ބާޒާރުގައި ލިބެން އެބަހުއްޓެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާގޮތުން އެންމެ ފައިދާ ބޮޑީ ރޯ އާމަންޑުގައެވެ. ރޯ އާމަންޑް ގިނައިން ބޭނުް ކުރުމަށް ސަމާލުކަން ދޭށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް