ރައީސް ގޮތާ ފުރީ ރައީސަށް ލިބޭ ބާރުގަ ދަށުން، ޑިފެންސްގެ ހުއްދަޔާއެކު: ލަންކާ އެއާފޯސް

ސްރީ ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ އޭނާގެ އަނބިކަނބަލުންނާއިއެކު ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވީ ހުދު އެމަނިކުފާނުގެ ހުއްދަޔާއި ޑިފެންސް މިނިސްޓްރީގެ ހުއްދަޔާއެކުގައި ކަމުގައި ސްރީ...

13 Jul 2022 | 04:36

ސްރީ ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ އޭނާގެ އަނބިކަނބަލުންނާއިއެކު ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވީ ހުދު އެމަނިކުފާނުގެ ހުއްދަޔާއި ޑިފެންސް މިނިސްޓްރީގެ ހުއްދަޔާއެކުގައި ކަމުގައި ސްރީ ލަންކާގެ އެއާފޯސްއިން ބުނެފިއެވެ.

ލަންކާ އެއާފޯސް އިން މިހެން ބުނެފައިވަނީ މި މައްސަލައިގާ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސް ގޮތާބޭ އަދި ރައީސްގެ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުން ފުރާފައިވަނީ ލަންކާގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރައީސަށް ލިބިފައިވާ ބާރުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްގެވެސް ހުއްދަޔާއި އެކުގައި ކަމަށެވެ.

އަސްކަރީ ޖެޓެއްގައި ގޮތާބޭ ރާއްޖެ ވަޑައިގެންނެވީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ގޮތާބޭ އަށް މަރުހަބާ ދަންނަވަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ސޯލިހް އެއާޕޯޓަށް ވަޑައިގެންނެވި ކަމަށާއި ގޮތާބޭ ދަތުރުކުރި ޖެޓަށް އެއާޕޯޓް ކްލިއަރަންސް ދިނުމުގައި ރައީސް ނަޝީދުގެ ނުފޫޒު އޮތްކަަމަށް މީޑިއާ ރިޕޯޓްތައްބުނެއެވެ. މި މައްސަލައިގާ ރައްޔިތުން އަންނަނީ ނުުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް