މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ހުރި މީހެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ހުރި މީހެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފް އިން ބުނީ މިއީ ށ. ފޯކައިދޫން ފުރައިގެން މާލެ ދަތުރުކުރަމުންދި...

12 Jul 2022 | 19:04

މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ހުރި މީހެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ ށ. ފޯކައިދޫން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ "ފުރާގު" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

އެ ބޯޓުގައި ހުރި އުމުރުން 24 އަހަރުގެ އަންހެނެއްގެ ޞިއްޙީ ހާލު ދެރަވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ 18:10 ގައި  ކަމަށާއި މައުލޫމާތު ލިބުމާއެކު ދޯނި އޮތް ސަރަޙައްދަށް ސީ އެމްބިއުލާންސްގައި ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ އިދާރާ އިން ބުނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު "ސީ އެމްބިއުލާންސް 016" ގައި މި އަންހެން މީހާ މިރޭ 19:45 ހާއިރު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް