ރަށްފަޅު ހުރާއިން ގިނަ ބަޔަކަށް ކޯވިޑް ޖެހުމުން މިއަދުގެ އަދަދުތަށް 170 އަށް

ރާއްޖެއިން އިތުރު 170 މީހުން ކޯވިޑް-19 އަސް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވަނީ އަތޮޅު ތެރެއިން ކަމަށެވެ. އެގޮތުން 78 މީހަކު މީހުން ދިރިއުޅޭ ރަށްތ...

13 Jul 2021 | 17:07

ރާއްޖެއިން އިތުރު 170 މީހުން ކޯވިޑް-19 އަސް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވަނީ އަތޮޅު ތެރެއިން ކަމަށެވެ. އެގޮތުން 78 މީހަކު މީހުން ދިރިއުޅޭ ރަށްތަކުން ޕޮސިޓިވްވެފައިވައިރު ދެވަނައަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވަނީ ރިސޯޓު ތަރައްގީ ކުރަމުންދާ ރަށްފަޅު ހުރާއިން 60 މީހުންނެވެ

މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 19 މީހުންނަށެވެ. ދެން ޕޮސިޓިވްވީ އިންޑަސްޓްރިއަލް ރަށްތަކުން ފަސް މީހުންނާއި ރިސޯޓުތަކުން ހަތް މީހުންނާއި ސަފާރީތަކުން މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 6،750 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،537 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 17 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 72،569 އަށް އަރާފައި އެވެ.

އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 214 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 75،332 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް