ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރުގެ ތިން ރަށަކަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫ، ކުޅުދުއްފުށި ސިޓީ އަދި ކުމުންދޫއަށް ކަމަށެވެ. މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ ކުރިޔަށް އޮތް ހަފްތާ ބަންދުގައި އެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ހާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތް ކުރައްވައި، ތަރައްގީގެ މަޝްރޫއުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ އެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި، ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވުމާއެކު، ތަރައްގީގެ މަސައްކަތްތައް ހިންގުމާއި ހިދުމަތް ދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް