އިންޑިއާގެ ރާޖަސްތާނުގައި ސެލްފީ ނަގަން ތިއްބަ ހޮނު އަޅައި 11 މީހުން މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނަގޮތުގައި އެމީހުން މަރުވީ ރާޖަސްތާނުގައި ހުންނަ ޓޫރިސްޓުންގެ މެދުގައި މަގުބޫލު އިމާރާތެއްގެ ކައިރީގައި ސެލްފީ ނަގަނިކޮށެވެ. އެ ތަނަށް ހޮޅުއެޅި ވަގުތު މަރުވި11 މީހުންގެ އިތުރުން20 މީހަކު ޒަހަމްވެފައިވެ އެވެ.
ރާޖަސްތާންގެ އިތުރު ސަރަހައްދެއްގައިވެސް ހޮނު އުޅުމުގެ ސަބަބުން ނުވަ މީހަކު މަރުވަފައިވެ އެވެ. މީގެ އިތުރުން އިއްޔެ ރޭ އުއްތަރް ޕްރަދޭޝްއަށް ކުރި ވިއްސާައިގަ ހޮނު އުޅުމުން18 މީހުން މަރުވެފައިވެ އެވެ.
އިންޑިއާގެ މޫސުމީ ވިއްސާރަ ކުރާ ދުވަސްރު ކަމަށްވާ ޖޫން އިން ސެޕްޓެމްބަރުގެ ނިޔަލަށް ހޮނު އަޅައިގެން މީހުން މަރުވުމަކީ އާންމު ކަމެކެވެ. މިދިޔަ މަހުވެސް ހޮނު އަޅައިގެން ވެސްޓް ބެންގޯލްގައި24 މީހުން މަރުވެފައިވެ އެވެ.
މިއީ ގުދުރަތީ ހާދިސާއަކަށް ވާތީ ހޮނު އަޅައިގެން މަރުވާ މީހުންނަށް ސަރުކާރުން އިނާޔާތް ދޭން އޮންނަނީ ނިންމާފައި އެވެ.
އެގޮތުން ހޮނު އަޅައިގެން މަރުވާ ކޮންމެ މީހެއްގެ އާއިލާއަށް ދެ ލައްކަ އިންޑިއާ ރުޕީސް ދެއެވެ. އަދި ޒަހަމްވާ ކޮންމެ މީހަކަށް 50،000 ރުޕީސް ލިބެ އެވެ.
ތަފާސް ހިސާބު ދައްކާގޮތުން މިފަހުގެ ތާރީހުގައި އިންޑިއާގައި އެންމެ ގިނަ ބަޔަކު ހޮނު އަޅައިގެން މަރުވީ 2019 ވަނަ އަހަރު އެވެ. އެ އަހަރު އިންޑިއާގެ އެކި ސްޓޭޓްތަކުން 2،900 މީހުން ހޮނު އަޅައިގެން މަރުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް