ރައީސް ނަޝީދުގެ ޝަރުތުތަކަކީ ޔާމީންގެ ފިކުރާ މުޅިން ފުށު އަރާ ކަންކަން: ޝިޔާމް

އެމްޑީޕީ އާއި ޕީޕީއެމްގެ ކޯލިޝަން އުފެއްދުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ ޝަރުތުތަކަކީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފިކުރާ މުޅިން ފުށު އަރާ ކަންކަން ކަމަށް އިދިކޮޅު ޕީޕީއެމ...

13 Jul 2021 | 10:55

އެމްޑީޕީ އާއި ޕީޕީއެމްގެ ކޯލިޝަން އުފެއްދުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ ޝަރުތުތަކަކީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފިކުރާ މުޅިން ފުށު އަރާ ކަންކަން ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން ބުނެފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދު  މިއަދު ވަނީ ޕީޕީއެމްއާއި އެކު މަސައްކަތް ކުރައްވަން ބޭނުންވާ ގޮތުގެ ފޯމިއުލާ ވެސް ވަނީ ހާމަކުރައްވާފަ އެވެ.

https://twitter.com/MohamedNasheed/status/1414834425024573440

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމުން ކުރާ ހުރިހާ މަސައްކަތެއް ކުރާނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

ޝިޔާމް މި ގޮތުން ފާހަގަކުރެއްވި އެއް ކަމަކީ މެދު މިނުގެ ދީނީ ސިޔާސަތަކަށް ޕީޕިއެމުން ތާއީދު ކުރަން ނަޝީދު ހުށަހެޅުއްވުމެވެ. މެދު މިނުގެ ވަކި އިސްލާމް ދީނެއް އޮންނަ ކަމަށް ޕީޕީއެމުންނާއި ދިވެހި ރައްޔިތުން ވެސް ނުދެކޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އިސްލާމް ދީނާއި އަޅުގަނޑުމެން ދެކޭ ގޮތާއި، ގައުމުގެ މިނިވަން ކަމާއި އިގްތިސާދު އަރާސްތު ކުރުމަށް އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތުތަކާއި އެމްޑީޕީން ގެންގުޅޭ ސިޔާސަތުތަކާ ވަރަށް ތަފާތު، އެކުގައި މަސައްކަތް ކުރާނެ ޖާގައެއް ނެތް،" ޝިޔާމް ވިދާޅުވިއެވެ.

ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވަން ނަޝީދު އިއްޔެ ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ކުރިން މިދިޔަ ހަފްތާގައި ވެސް ނަޝީދު ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ޔާމީނާއި ޕީޕީއެމްގެ ތާއީދު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް