ރާއްޖޭން ބަންގްލަދޭޝްއަށް ދަތުރު ކުރާ މީހުންގެ އަދަދު އިތުރުވެ، މޯލްޑިވިއަން އިން ޑާކާ އަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކޮށްފި އެވެ.
މޯލްޑިވިއަނުން ބުނީ ބޮޑު އީދަށް ދިމާކޮށް ބަންގްލަދޭޝްއަށް ކުރާ ދަތުރުތަކަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި، އޭގެ ސަބަބުން ފްލައިޓްތައް އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.
https://twitter.com/MaldivianAero/status/1414819858491920388
މޯލްޑިވިއަން އިން މިހާރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ހަފްތާއަކު ހަތަރު ފްލައިޓް ބާއްވަ އެވެ. އަދި އެ އެއާލައިނުން ވަނީ އީދަށް އިތުރު ޑިމާންޑެއް އޮންނާތީ މިމަހުގެ 21 އަދި 23 ގައި ވެސް ފްލައިޓެއް ބާއްވަން ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް